English Edition
Dhivehi Edition
ފޮޓޯ: ސަން އޮންލައިން

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އައްޑޫ އީދި ސަމާ 1445 ހަރަކާތްތަކުގެ ތެރެއިން “ވިމެންސް ވޮލީ ބޯލް ޓޯނަމަންޓް”ގެ ޗެމްޕިއަންކަން ޑީކޭ ސްޕޯޓްސްއިން ނަގައިފިއެވެ.

މިރޭ ފޭދޫ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި ފޯރުގަދަ މެޗުގައި ފޭދޫ ޓީމާއި ބައްދަލުކޮށް ޑީކޭއިން މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ޑީކޭ ސްޕޯޓްސްގެ މަލްދާ މަސްއޫދު ހޮވިފައިވާއިރު މުބާރާތުގެ ވަނަތަކަަށް ދިޔަ ޓީމްތަކާ ކުޅުންތެރިންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އެ ގޮތުން މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ މަރަދޫފޭދޫ ވޮލީ ޓީމެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ޑީކޭ ސްޕޯޓްސްގެ ކޯޗު ހަސަން ނަސީރެވެ.

މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން:

  1. މަލްދާ މަސްއޫދު – ޑީކޭ ސްޕޯޓްސް
  2. ފާތިމަތު ރިޝްމާ – ފޭދޫ ޓީމް
  3. ފާތިމަތު ނަބާހާ – މީދޫ ވޮލީ ޓީމް
  4. އާއިޝަތު ތައުމާ – މަރަދޫފޭދޫ ވޮލީ ޓީމް
  5. ފާތިމަތު ނުސްރާ – ޑީކޭ ސްޕޯޓްސް
  6. ފާތިމަތު އަލްމާ އަލީ – ފޭދޫ ޓީމް

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3،000ރ. އަދި ރަނަރަޕް ޓީމަށް 2،000ރ. ވަނީ ލިބިފައެވެ.