English Edition
Dhivehi Edition

އަންނަ އަހަރު ފުލުހުންގެ މުއައްސަސާއިން ކުރުމަށް އިސްކަންދޭނެ 4 ކަމެއް ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ކަނޑައަޅުއްވައިފިއެވެ.

އެއީ 2014 އިން 2018 ވަނަ އަހަރަށް ކަނޑައަޅާފައި ސްޓްރެޓީޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ފުލުހުން ކުރިއަށްގެންދާ ޕްލޭނާ އެއްގޮތަށް ޕޮލިސް ކޮމިޝަނަރު ކަނޑައެޅުއްވި 4 ދާއިރާއެވެ.

އެ 4 ދާއިރާއަކީ އިތުބާރާއެކު ޚިދުމަތް ދިނުމާއި 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމާއި މުޖުތަމައުގެ ޔަގީންކަން ހޯދުމާއި މުއައްސަސާ ތަރައްގީ ކުރުމެވެ.

ފުލުހުން މިހާރުވެސް ގެންދަނީ ރައްޔިތުންނާ ވަރަށްގާތުން މަސައްކަތް ކުރަމުންނެވެ. އަދި އެމުއައްސަސާ އިތުރަށް ތަރައްގޫ ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ފުލުހުންގެ މުއައްސަސާއިން ގެންދަނީ ކުރައްވަމުންނެވެ.

ޓެގު