English Edition
Dhivehi Edition
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ސިއްޙީ ވުޒާރާ

ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލި ކުރުމަށް ޚާއްސަ ކެމްޕެއިނެއް އިފުތިތާހުކޮށްފިއެވެ.

ދަފަރާ” ގެ ނަމުގައި ހިންގާ މި ކެމްޕެއިން އިފްތިތާޙިކޮށްފައިވަނީ، މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ، “ކުޑަކުދިން ދުންފަތުގެ ޞިނާޢަތުން ސަލާމާތްކޮށް ދަފަރާކުރުން” އާ ގުޅުވައިގެންނެވެ.

މި ކެމްޕޭނަކީ އެއް އަހަރު ދުވަހުގެ ނިޔަލަށް، ހިންގުމަށް ހަމަ ޖެހިފައިވާ ހޭލުންތެރި ކުރުވުމުގެ ކެމްޕެއިނެއް ކަމަށް ސިއްޙީ ވުޒާރާއިން ހާމަކުރައްވައެވެ.

“ދަފަރާ ކެމްޕެއިން” އިފުތިތާހުކޮށްފައިވަނީ، ނ.މަނަދޫގައި ބޭއްވި ރަސްމީ ޖަލްސާއެއްގައެވެ. މި ޖަލްސާއަކީ މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމަށްވާ 31 މެއިގެ ހަރަކާތްތައް ރަސްމީގޮތެއްގައި ފާހަގަ ކުރުމަށް ބޭއްވި ޚާއްސަ ޖަލްސާއެކެވެ. މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ސިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅިގެން މަނަދޫގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި، ސިއްހީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން “ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވުމުގެ ގޮތުން” ޓްރެއިން އޮފް ޓެރެއިނާސް ސެޒޭޝަން ވޯކްޝޮޕެއް ހިންގުމާއި، ނ.އަތޮޅުގެ އެކި އިދާރާތަކުގެ އިސްބޭފުޅުންނަށް ދުންފަތުގެ ގާނޫނާއި ޤަވާއިދު ތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުން ހިމެނެއެވެ.

މީގެ އިތުރުން ދުންފަތު އިސްތިޢުމާލު ކުރުމުގެ ނުރައްކަލާމެދު ބެލެނިވެރިން އަހުލުވެރިކުރުމަށް ސެޝަންއެއް ބާއްވައި، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުވައިގެން ހިނގާލުމެއްވެސް ވަނީ އެރަށުގައި ބާއްވާފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ގެ އިތުރުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި މަނަދޫގެ އެކިއެކި އިދާރާތައް ގުޅިގެންނެވެ.