English Edition
Dhivehi Edition
ދިވެހި ފުލުހުންގެ ބަޔަކު މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގެ ތެރެއިން

ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ދެފުލުހަކަށް ޙަމަލާދިން އަންހެނަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މަޢުލޫމާތުދެވަމުން ވިދާޅުވީ މިފަދަ މައްސަލައެއްގައި އިއްޔެ މާލެއިން އަންހެނަކު ހައްޔަރުކޮށްފައިވާކަމަށާއި އެއަންހެން މީހާގެ ބަންދަށް 10 ދުވަހު މުއްދަތެއް ކޯޓުން ޖަހާ ދީފައިވާކަމަށެވެ.

މިޙާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން45 އަހަރުގެ ދިވެހި އަންހެނެކެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި އަންހެން މީހާ ހައްޔަރުކުރީ އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް އުޅޭތީ އެ މައްސަލައިގާ އެޓެންޑްވި ދެ ފުލުހަކަށް ހަމަލާ ދިނުމުންނެވެ. ހަމަލާ އަމާޒުވީ ދެ ޖިންސްގެ ދެ ފުލުހަކަށެވެ.