English Edition
Dhivehi Edition
ޗައިނާގެ ސިޔާސީ ބޭފުޅެއްކަމަށްވާ ބަޓީރ ރާއްޖެ ވަޑައިގަތުން/ފޮޓޯ މަޖިލިސްމީޑިއާ

ޗައިނާގެ ވެރިކަންކުރާ ޕާޓީ ، ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ރާއްޖެ ވަޑައިގެންފިއެވެ.
ޗައިނާގެ ސިޔާސީ ލަފާދޭ އިސް މުއައްސަސާކަމަށްވާ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން ބަޓީރ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް އާއި މަޖިލީހުގެ ބައެއް މެންބަރުންނެވެ.

ބަޓީރ ގެ މި ދަތުރުފުޅަކީ، މިމަހުގެ 11 އިން 13 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ވައިސް ޗެއާމަން ބަޓީރ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ބައްދަލުކުރައްވާނެއެވެ.
އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް އާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.