English Edition
Dhivehi Edition
ފޮޓޯ: އުރިދޫ

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ “ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ” ޕްރޮމޯޝަނުގައި ނޮވެމްބަރު މަހުގެ ޕީސީއެކްސް ނަސީބުވެރިޔާ ހޮވައިފިއެވެ.

އުރީދޫއިން ބުނީ އުރީދުގެ “ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ” ޕްރޮމޯޝަނުގެ ދަށުން ނިމިދިޔަ ނޮވެމްބަރު މަހުގެ ބޮޑުއިނާމު، ޕީއެކްސްގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ށ. އަތޮޅުގެ މާއުނގޫދޫ މުހައްމަދު އަޒުމީއެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ޖުމްލަ 30 ސައިކަލު ކަސްޓަމަރުންނަށް ލިބޭއިރު، މިހާތަނަށް ވަނީ 19 ސައިކަލުގެ ނަސީބުވެރިން ހޮވާފައެވެ.

އުރީދޫ އިން މި ޕްރޮމޯޝަންގެ ދަށުން ދޫކުރާ ސައިކަލުތަކަކީ:

  • އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • ޕީސީއެކްސް160 (ކަޅު ކުލަ)

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރެވޭނެއެވެ. އަދި އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން ހިމެނެއެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ޓެގު