English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

ޔޫރޯ 2024 އާ ދިމާކޮށް އުރީދޫއިން ރާވާފައިވާ ހާއްސަ ހަރަކާތްތައް އިއުލާންކޮށްފިއެވެ.

ޔޫރޯއާ ގުޅިގެން އުރީދޫއިން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތައް ލޯންޗްކޮށްފައި ވަނީ ރޭ އުރީދޫ ހެޑް އޮފީސް ކައިރީގައި ބޭއްވި އިވެންޓެއްގައެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ ހާއްސަ ޕްރޮމޯޝަންތަކާ، މުބާރާތްތަކާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް މި ފުޓްބޯޅަ އީދަކީވެސް އުފާވެރި މަޖާ ސީޒަނަކަށް ވެގެންދާނެ ކަމަށެވެ.

  • ސޮނީ ލިވް ޕެކްސް

ޔޫރޯ 2024 އަށް ހާއްސަ ސޮނީ ލިވް ޕެކްތަކެއް އުރީދޫއިން ތައާރަފުކޮށްފައިވާއިރު މީގެން އެއް ޕެކްގައި ސޮނީ ލިވްގެ މެމްބަޝިޕާ 30 ދުވަހުގެ ވެލިޑިޓީއާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ލިބޭނެއެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް މެޗް ބަލާލެވޭ މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކުރެވޭނެ އެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެއެވެ.

  • އުރީދޫ ސުޕާއެޕުން ފުޓުބޯޅަ ފޯރި

– ސްޕިން ދަ ވީލް

އުރީދޫގެ ސުޕާ އެޕް ގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލް އުރީދޫ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ ދުވަހަކު އެއް ސްޕިން ލިބޭނެއެވެ. އަދި އުރީދޫ އެޕް މެދުވެރޮކޮށް ޕެކް އެކްޓިވޭޓްކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓް ލިބޭނެ އެވެ. ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ފަދަ ތަކެތި ހިމެނެއެވެ.

– ގެސް ދަ ސްކޯ

އުރީދޫ ސުޕާއެޕް މެދުވެރިކޮށް “ގޭސް ދަ ސްކޯ” މުބާރާތެއްވެސް ކުރިއަށްދާނެއެވެ. ކޮންމެ މެޗެއްގައިވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި ބައިވެރިވާ ފަރާތްތަކަށް އެކި އިނާމުތައް ވަނީ ހުށައެޅިފައެވެ. މިގޮތުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން ކިޓެއް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަން ޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނެއެވެ.

  • އުރީދޫ ޔޫރޯ ފެންޓަސީ ލީގު

    ފެންޓަސީ ލީގަކީ ފުޓުބޯޅަ އަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ބައިވެރިވާ މި ލީގުގައި ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމްތައް އުފައްދައި 25،000 ރުފިޔާގެ ގްރޭންޑް އިނާމަށް ވާދަކުރެވޭނެ އެވެ. މި ފެންޓަސީ ލީގުގެ ސަބަބުން ސަޕޯޓަރުންނަށް މި މުބާރާތުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

  • އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ

    “އުރީދޫ ނޭޝަން ވާޗުއަލް ޔޫރޯ” އަކީ 2 އޮން 2 ފީފާ ޕްލޭސްޓޭޝަން މުބާރާތާކެވެ. 30،000 ރުފިޔާގެ އިނާމު ޕޫލަކާއެކު ބާއްވާ މި މުބާރާތަކީ ވަރުގަދަ އަދި ވާދަވެރިކަމާއި އެކު ކުރިއަށްދާނެ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫރޯ ފެށުމުގެ ކުރިންނެވެ.

    . ޔޫރޯއާ ގުޅިގެން އުރީދޫއިން ތައާރަފުކުރެވޭ ހަރަކާތްތަކުގެ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓާމަރުންނަށް ފޯރުކޮށްދެމުންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.