English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް: ފޮޓޯ ބީބީސީ

ކަނޑުތަކުގެ ރޯއްޖައަކީ ދިވެހިންގެ އިގްތިސާދީ އުންމީދުކަމަށް ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ދެއްވި ހިތާބުގައި ވިދާޅުީ ދިވެހިރާއްޖޭގެ ކަނޑުތަކުގައިވާ ރޯއްޖާއާއި ހަޒާނާތަކަކީ ދިވެހީންގެ ތިޔާގީ އިގްތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކްސްއަށް ޝެއަރކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވިއެވެ، “ދިވެހިރާއްޖޭގެ ކަނޑުތަކުގެ ގުދުރަތީ ނަލަކަމާއި، އެކަނޑުތަކުގައިވާ ރޯއްޖާއާއި ހަޒާނާތަކަކީ، ދިވެހީންގެ ތިޔާގީ އިގްތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދެއް” ކަމަށެވެ.

މީގެއިތުރުން، ރައީސް ވަނީ ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖޭގެ މިކަނޑުތަކުގެ ސަރަހައްދުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ލިޔުއްވާފައެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވެސް ގިނަ ހަރަކާތްތަކެއް ރާވައި ހިންގަމުން ގެންދާކަމަށް އެ މިނިސްޓްރީން ބުނެއެވެ.