މީހަކު ރަހީނުކޮށް ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސްޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާ 43 އަހަރުގެ ދިވެހި އަންހެނެކެވެ
އިއްޔެ މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން 15 ދުވަސް ބަންދަށް ޖަހާފައިވާއިރު، ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ މި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މީހަކު ކޮޓަރިއަކަށް ވައްދާ، ތޫނު ހަތިޔާރުން ބިރު ދައްކައި އެ މީހާގެ އަތުން ފައިސާ ފޭރުނު މައްސަލައެކެވެ.
އިތުރަށް މި އަމުރުގައިވަނީ ފުލުހުން ހުށަހެޅި ސެކިއުރިޓީ ކެމެރާ ފުޓޭޖުގެ ސްނެޕްޝޮޓްތަކާއެކު ތުހުމަތެއް ވުޖޫ ދުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
މިއީ މިފަހުން ހިނގި މިފަދަ ދެވަނަ ހާދިސާއަށްވާއިރު މިދިޔަ މަހުގެ 25 ގައި ނޭޕާލު މީހަކު ރަހީނުކުރި މައްސަލާގައި ބަންގްލަދޭޝްގެ ތިން މީހަކުވަނީ ހައްޔަރުކޮށްފައެވެ.