English Edition
Dhivehi Edition
ފްރާންސުން ރާއްޖެއާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖީން ފްރެންކޯޒް ޕެކްޓެޓް

ފްރާންސުން ރާއްޖެއާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖީން ފްރެންކޯޒް ޕެކްޓެޓް ލަންކާގައި އަވަހާރަވެއްޖެއެވެ.

ސަފީރު އަވަހާރަވެފައިވަނީ ލަންކާގައި އޭނާ ދިރިއުޅުއްވާ ގެކޮޅުގައި ކަމަށް ލަންކާގެ ފުލުހުން މައުލޫމާތު ދެެއެވެ. ގެކޮޅުން ނުކުމެވަޑައިނުގަންނަވާތީ ބެއްލެވިއިރު ސަފީރު އަވަހާރަވެފައިވާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. މިހާދިސާއާ ގުޅިގެން ލަންކާ ސަރުކާރުން ތަހުގީގެއް ވަނީ ފަށާފައެވެ.

ރާއްޖެއާއި ލަންކާއަށް ފްރާންސްގެ ސަފީރުކަމަށް ޖީން ފްރެންކޯޒް ޕެކްޓެޓް އައްޔަނުކުރެވިފައިވަނީ 19 ފެބުރުއަރީ 2023 ގައެވެ.

ސަފީރު އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ސަފީރުގެ އާއިލާއާއި ފްރާންސްގެ ޚާރިޖިއްޔާއަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އެ ޚަބަރު އިވުމުން ކުއްލި ސިހުމާއި ހިތާމައެއް ލިބުނުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޒަމީރު ފާހަގަކުރެއްވި ގޮތުގައި ސަފީރާއެކު މިއަހަރުވެސް ބައްދަލުވެ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. ސަފީރުކަމުގައި ހުންނަވައިގެން ޕެކްޓެޓް ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ދެއްވި މަސައްކަތްޕުޅާއި ރާއްޖޭގެ ކުރިއެރުމަށް ދެއްވި އެއްބާރުލުން އަބަދުވެސް ފާހަގަކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.