English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއެކު ފަސްވަނަ އަހަރަށް ޕާޓްނަޝިޕް އާކޮށްފިއެވެ،

މި ޕާޓްނަޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ވަނީ ޒުވާނުންގެ ގުޅުން ބަދެހިކޮށް، ހުނަރު ތަރައްގީކުރުމާ އެކު ލޯކަލް ފުޓްބޯޅައަށް އޮތް ފޯރި އާލާކުރުމަށް ހަރަކާތްތައް ހިންގުމަށް ރާވާފައެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަކީ 1996 ވަނަ އަހަރު އުފެދުނު ފާއިތުވި އަހަރުތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ފުޓްބޯޅަ ކްލަބެކެވެ. މީގެ ތެރޭގައި 2016، 2019 – 2020 އަދި 2020 – 2021 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހިމެނެއެވެ. އަދި 2015 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެންމެ ޝަރަފުވެރި ފުޓްބޯޅަ އިވެންޓް ކަމަށްވާ ދަ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް މާޒިޔާއިން ވަނީ ކާމިޔާބުކުރިއެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު މާޒިޔާއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބީ ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް، ތަޖުރިބާކާރު ޓްރެއިނަރުންނާއެކު މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީ ފަށާފައެވެ. އުރީދޫ އިން ބުނީ ކުރިއަށް އޮތް ޕާޓްނަޝިޕްގެ ތެރެއިން އުރީދޫން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ފުޓްބޯލް އެކަޑަމީއާ ގާތުން ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށްވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ގެނެސްދޭނެ ކަމަށެވެ.

އުރީދޫ އަކީ އަބަދުވެސް ރާއްޖޭގެ ފުޓްބޯޅައިގެ ދަތުރުގައި ފުޓްބޯޅަ ކުޅުންތެރިންނަށް، ޕްރޮފެޝަނަލް ކުޅުންތެރިންގެ ގޮތުގައި ބޭނުންވާ ހުނަރު ބިނާކުރުމުގެ އިތުރުން ޔޫތު އެންގޭޖްމަންޓް ޕްރޮގްރާމްތަކުގައި އެއްބާރުލުން ދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލެއެވެ. އެ ގޮތުން ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ 13 ވަނަ އެޑިޝަން ‘ސާފް ޗެމްޕިއަންޝިޕް’ގެ ފަހުރުވެރި ޓައިޓަލް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ހައިސިއްޔަތުން އުރީދޫން ވަނީ އެންގޭޖްމަންޓް ހަރަކާތްތަކެއް ހިންގައި، 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި ފޯރިގަދަ އިވެންޓުގައި މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ބައިވެރިވެވޭނެ ގޮތް ހަދައިދީފައެވެ.

ޓެގު