English Edition
Dhivehi Edition
ހީނާ ވަލީދު / ފޮޓޯ: ރައީސް އޮފީސް

މަގާމުތަކަށް ބަދަލު ގެންނަނަނީ ސަރުކާރު ހިންގުން ހަރުދަނާކޮށް ރަނގަޅުކުރުމަށް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ގިނަ ބަޔަކު ވަކިކޮށް، އިސްތިއުފާދީ އަދި މަގާމުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހީނާ ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ހިންގުމުގައި އެމަނިކުފާނަށް ފަސޭހަފުޅުވާ ގޮތަށް ކަންކަން ބައްޓަން ކުރެއްވުމަށް އެމަނިކުފާނަށް ބާރު ލިބިގެންވާ ކަމަށެވެ. އެގޮތުް ކުންފުނިތަކަށް މީހުން އައްޔަންކުރުމާއި ބަދަލުކުރުމާއި ވުޒާރާތަކަށް މީހުން އައްޔަންކުރުމާއި ބަދަލުކުރުން ހިމެނޭ ކަމުގައި ހީނާ ވިދާޅުވިއެވެ. މީގެ އިތުރުން ހީނާ ވިދާޅުވީ ސަރުކާރު ހިންގުމުގައި ރައީސް ބޭނުންފުޅުވާ ކަންކަން ފަސޭހަފުޅު ކުރެއްވުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި ކުރައްވަން ޖެހޭ ކަންކަން އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނެކަމަށެވެ.

އިއްޔެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރު އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ ފާތިމަތު ތައުފީގް (ކުޑީ)ވަނީ މަގާމުން ވަކިކޮށްފައެވެ.