English Edition
Dhivehi Edition
ގެއްލިގެން ހޯދަމުން ދާ ދޯނި

މިިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މުދާ އުފުލާ ދޯންޏާއި ގުޅިއްޖެކަމަށް ސިފައިން ބުނެފިއެވެ.

ސިފައިން ބުނީ އެ ދޯނި ހުރި ސަރަހައްދަށް މިހާރު ސިފައިންގެ ކޯސްޓުގާޑު ޝަހީދު އަލީ ދުއްވަމުން ދާ ކަމަށެވެ.

“އޭއޭއޭ-37” ނަމަކަށް ކިޔާ ދޯނި ހޯދުމަށް ފާއިތުވީ 48 ގަޑިއިރު ތެރޭގައި 10,760 ކިލޯ މީޓަރުގެ ސަރަހައްދެއް ސިފައިން ވަނީ ބަލައިފައެވެ.

ދޯނި ގެއްލުނީ ހޮނިހިރު ދުވަހު ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑު ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށެވެ. ގެއްލުނުއިރު އެ ދޯނީގައި ހަތަރު މީހުން ތިއްބެވެ. އެއީ ދިވެއްސަކާއި ތިން ބިދޭސީންނެވެ.