English Edition
Dhivehi Edition
ފޮޓޯ: ސީޖީޓީއެން

އިންސްޓަގްރާމުގައި އެންމެ ފޮލޯވަރުން ގިނަ އެތްލީޓަކަށް ދުނިޔެއަށް މަޝްހޫރު ޝަޚްޞިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ފުޓުބޯޅަކުޅުންތެރިޔާ، ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯ ފޮލޯކުރާ 630 މިލިއަން މީހުން އިންސްޓަގްރާމްގައި މިހާރު އެބަތިއްބެއެވެ. މިލިސްޓުގެ ދެވަނައިގައި އުޅެނީ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ. މެސީއަށް 502 މިލިއަން ފޮލޯވަރުން ލިބިފައިވެއެވެ. މި ލިސްޓުގެ ތިންވަނަ ލިބިފައިވަނީ ސެލީނާ ގޯމޭޒްއަށެވެ. އޭނާއަށް 428 މިލިއަން ފޮލޯވަރުން ލިބިފައިވެއެވެ.

ރޮނާލްޑޯގެ އިންސްޓަގްރާމް ޕޭޖުގައި އިޝްތިހާރެއް ކޮށްފިނަމަ، އޭނާއަށް 2.4 މިލިއަން ޑޮލަރު ކޮންމެ ޕޯސްޓެއްގެ މަގުން ލިބެއެވެ. ރޮނާލްޑޯއަށް މިމަގާމު ލިބިފައިމިވަނީ ކުރިން އެއްވަނައިގައި އުޅުނު ސެލީނާ ގޯމޭޒް ފަހަތަށް ޖައްސާލުމަށް ފަހުގައިއެވެ.

ރޮނާލްޑޯގެ ވާދަވެރި ލިއޮނެލް މެސީއަށް އިންސްޓަގްރާމުގައި ލިބެނީ އިޝްތިހާރުގެ ކޮންމެ ޕޯސްޓަކުން 1.7 މިލިއަން ޑޮލަރެވެ. ދާދި ފަހުން ރޮނާލްޑޯވަނީ، ރޮނާލްޑޯއާއި މެސީއާއި ދެމެދު އޮންނަ ވާދަވެރިކަމާއި ގުޅޭ ވާހަކައެއް ބުނެފައިއެވެ. މިގޮތުން މެސީ ކުޅޭ އެމެރިކާގެ ލީގަށް ވުރެ ރޮނާލްޑޯ ކުޅޭ ސަޢުދީ ލީގު މާމޮޅުކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.