English Edition
Dhivehi Edition
ކަނޑޫދޫގައި ފާރުވެއްޓުނު ކުއްޖާ އިރުރު ފަރުވާއަށް އެއާ އެންބިއުލާންސްގައި މާލެ ގެންނަނީ: ފޮޓޯ ކަނޑޫދޫ ސިއްހީ މަރުކަޒު

ތ. ކަނޑޫދޫގައި ފާރެއް ދަށުވެ، 10 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވާއިރު، އެކުއްޖާ މިހާރު އޮތީ އޮބްޒަވޭޝަންގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިސްވެރިއަކު ވިދާޅުވެއްޖެއެވެ.

ހާދިސާ ހިނގާފައިވަނީ މި މަހުގެ 17 ވީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަނިޔާވި ކުއްޖާއަށް ފުރަތަމަ ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވަނީ ހޮނިހިރު ދުވަހު ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ހަށިގަނޑުގެ ދެ ތަނެއް ފްރެކްޗަރވެފައިވާ ކަމަށާއި ފަޔަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެކުއްޖާގެ ހާލަތު ސްޓޭބަލްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކަނޑޫދޫ ކައުންސިލުން ބުނީ ވެއްޓުނު ފާރަކީ މީހުން ދިރިއުޅޭ ގެއެއްގެ ވަށާފާރު ކަމަށާއި، ގާތްގަނޑަކަށް 6 ފޫޓު އުސްމިނުގެ ދުވަސްވީ ފާރެއް ކަމަށެވެ. އެ ފާރުގެ ސިމެންތި ޖަހައި އައުކޮށްފައިވީނަމަވެސް، މޫސުން ގޯސްވެ ވަރަށް ބޮޑަށް ވައިގަދަވުމުގެ ސަބަބުން ވެއްޓުނީ ކަމަށް ބެލެވޭކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ޓެގު