ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ޙާއްޞަ ކެމްޕޭންއެއް ތައާރަފުކުރެއެވެ.
ދިވެހި ސަގާފަތާއި، އާދަކާދަތަކާއި، ތާރީހީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް، އެކުވެރިކަމާއި އޯގާތެރިކަމާއެކި އެކަކު އަނެކަކާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ރީތި މެސެޖަކާއެކުއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އުރީދޫގެ ރޯދަ ކެމްޕެއިން ވަނީ ޚާއްސަ ރަހަތަކުން ފުރިފައެވެ. މި ކެމްޕެއިން ޙާއްސަ ކުރެވިފައިވަނީ ދިވެހިންގެ ހިތްތަކުންނާއި ބަދިގެތަކުން ޖާގަ ހޯދައިފައިވާ ކަނޑޫދޫ މިރުހަށެވެ.
މި ކެމްޕޭންގައި އެންމެ އިސްކަމެއް ދެނީ ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ގާއިމްކޮށް، މި ޕްރޮޑަކްޓް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށެވެ.
ކެމްޕޭން އިފްތިތާހުކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފާއި ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާންއާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މިސްޓަރ ޚާލިދު އަލްޙަމާދީ އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި، ކަނޑޫދޫ ކައުންސިލްގެ ޢިއްޒަތްތެރި މެހެމާނުން ބައިވެރިވި ޚާއްޞަ ހަފްލާއެއްގައެވެ.
ދިވެހި މި މިރުހުގެ މަގްބޫލުކަމާއި ޚާއްސަކަމުގެ މައްޗަށް ބިނާކޮށް، ކަނޑޫދޫ ކައުންސިލާ އާއި ގުޅިގެން އުރީދޫ ގެ ރަމަޟާން ކެމްޕެއިން ގެ ދަށުން މި މިރުހަށް ޚާއްސަ ބްރޭންޑެއް ވަނީ ތައާރަފްކޮށްފައެވެ. އޭގެތެރޭގައި ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ޚާއްސަ ލޯގޯ އާއި ވެބްސައިޓެއް ހިމެނޭގޮތަށް ބްރޭންޑެއް ގާއިމް ކޮށްފައިވަނީ ކަނޑޫދޫގެ ރައްޔިތުން އާ ފުރުސަތުތަކާއި، އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާ ގުޅުވާލަދިނުމުގެ މަގްސަދުގައެވެ.
ކަނޑޫދޫ މިރުސް ބްރޭންޑް އުފެއްދުމުގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ޚާއްސަ ހޮޓް ސޯސްއެއްވެސް ތައާރަަފްކޮށްފަައެވެ. މި ހޮޓް ސޯސް ގެ ބާވަތްތަަައް ތަައްޔާރުކުރެވިފަައިވަނީީ ކުޅިރަަހަަަ މަަޑުކޮށް ކާ މީހުންނަަށް ވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށް ވެސް ކަމުދާނެހެންނެވެ. ކަނޑޫދޫ މިރުސް ހޮޓް ސޯސް ބަައްލަަވަައިގަންނަން ބޭނުންވާ ފަރާާާތްތަަކަަަށް ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމަަރސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ބަަަަައްލަވަައިގަަނެވޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ މައިގަނޑު މަގްސަދަަކަށްވީ ކަަނޑޫދޫގައި ހެދޭ މި ޚާއްސަ މިރުހުގެ ފުރިހަަމަަަ މަަންފާ ރަަށުގެ ރައްޔިތުންނަަށް ހޯދުމުގެ ފުރުސަަތުތަަކާއެކު ރަށުގެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ފަހިކޮށްދިނުން ކަމަށެވެ.
“މިއަހަރުގެ ރަމަޟާން މަހަށް އަަޅުގަަނޑުމެންް މިވަަަނީ ކަނޑޫދޫ ކައުންސިލާއި ގުޅިގެން ދިވެހި އުފެއްދުމެއްކަަމަަށް ވާ ކަނޑޫދޫ މިރުހުގެ ނަން އިތުރަށް ވަަރުގަދަަަކޮށް ރާއްޖެ އާއި ބަައިނަަަަލްއަގްވާާމީ މާކެޓުތަކުގަައި ޕްރޮމޯޓްކުރުމަށް ހާއްްސަ ބްްްރޭންްޑްއެއްް ގާާއިމްކޮށްފަ. މި ޕަަރޓްނަރޝިޕާއެކު ކުރިއަަށްއޮތް ތަަނުގަައިވެސް ކަނޑޫދޫ ރައްޔިތުންނާާއެކު މި ބްރޭންޑް އިތުރަށްް ކުރިއެރުވުމުގައި ދެމިތިބޭނެ ކަަމުގެ ޔަަގީންކަންް އަަރުވަން.” ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަޠީފް ވިދާޅުވީ އުރީދޫ ގެ އިސްނެގުމުގެ ދަަށުން މި ލޯންޗްކުރެވުނު ކެމްޕެއިނަކީ އެލްޖީއޭގެ ސްޓްރެޓީޖިކް އަމާޒުތަކާއިވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކެމްޕެއިނެއް ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްއާއި ކަނޑޫދޫ ކައުންސިލު ގުޅިގެން މި ކުރެވުނު މަސަައްކަަަަތަަކީ ރާއްޖޭގެ ރަށްރަށުގެ މުޖުތަަމަައުތަކުގެ އިޤްތިސާދު ކުރިއެރުވުމަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގަަަައި ކުންފުނިތަކުގެ ބަައިވެރިވުމުގެ މުހިންމުކަން ދަަައްކުވައިދޭ ނަމޫނާ ޕަރޓްްްނަރޝިޕެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާން ވިދާޅުވީ އުރީދޫ ފަދަ މަލްޓިނޭޝަނަލް ކުންފުންޏެއްގެ އިސްނެންގެވުމުގެ މަތިން ބްރޭންޑެއްގެ ގޮތުގައި ކަނޑޫދޫ މިރުސް ޕްރޮމޯޓް ކުރުމުގެ ކެމްޕެއިނެއް ކުރިޔަށް ގެންދިޔުމަށް ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކީ އުފަލާއިއެކު މަރުހަބާކިޔާ ކަމެއް ކަމަށެވެ. އަދި އަމާޒަކީ ބްރޭންޑެއްގެ ގޮތުގައި މާކެޓަށް މިނެރެވުނު ކަނޑޫދޫ މިރުހުން ލިބޭނެ މަންފާ ތަކަކީ ކޮބައިތޯ ހޯދާ ބަލާ، ކަނޑޫދޫގައި ހައްދާ ކުޅި މިރުހުގެ މަންފާ ކަނޑޫދޫ ރައްޔިތުންނަށް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުން ކަމަށެވެ.
“މި ކެމްޕެއިންގެ ތެރެއިން ކަނޑޫދޫ މިރުހުން އުފައްދާފައިވާ ސޯސްއެއް ‘ކަނޑޫދަު މިރުސްގެ’ ނަމުގައި ވަނީ މާކެޓަށް ނެރެވިފަ. އަދި މިސޯސް އާއި ކަނޑޫދޫ މިރުސް މާކެޓް ކުރުމަށްޓަކައި، ކަނޑޫދޫ މިރުސް.ކޮމް ގެ ނަމުގައި ހާއްސަ ވެބްސައިޓެއް މިވަނީ ލޯންޗް ކުރެވިފަ. މިފަދަ ކޮންމެ ކަމަކީ އެކަމުގެ މަންފާ އާއި ހެޔޮ ބަދަލު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް.” ރީހާން ވިދާޅުވިއެވެ.
2001 ވަނަ އަހަރުން ފެށިގެން ކަނޑޫދޫ މިރުސް ވަނީ އޭގެ ތަފާތު ރަހަަަަައާާއި ވަަަސް އަަަަަދި ޚާއްސަަަ ކުޅިކަމަަށްޓަކައި ރާއްޖޭގެ އެކި ކަަންކޮޅުތަކުގަައި ވެސް ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައެވެ. ކަނޑޫދޫ މިރުހަަަކީ ތ. އަތޮޅު ކަނޑޫދޫގައި ހެދޭ ގިތެޔޮ މިރުހުގެ ތަފާތު ބާވަތެކެވެ.
މުޖުތަަަމަައުގެ ކުރިއެރުމަަށް މަަަަސައްކަަަތްްކުރާ ކުންފުންޏެއްގެ ހައިޘިއްޔަތުން އުރީދޫ މޯލްޑިވްސް އަކީ ދިވެހިންގެ ކުރިއެރުމަަަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެކެވެ. އެގޮތުން ބްރޭންޑް ކުރުމުގެ މުހިންމުކަަން ފާހަަގަކޮށް އުރީދޫ މޯލްޑިވްސް އިން ކަނޑޫދޫ ކައުންސިލާ ގުޅިގެން މި މަސައްކަތް ފަށާފައިމިވަަނީ ކަނޑޫދޫ މިރުސް އަައު ހަަރުފަތަަަަކަަށް ގެންދިއުމުގެ މަަގްސަަަދުގަަައެވެ.