English Edition
Dhivehi Edition
ރައީސް މުއިއްޒު

ސްރާއީލަށް އިތުރު ފިޔަވަޅުތައް އަޅަން ބައިނަލްއަޤުވާމީ ކްރިމިނަލް ޖަސްޓިސް ކޯޓު (އައިސީޖޭއިން)އަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، ވީހާ ވެސް އަވަހަށް އިތުރު ފިޔަވަޅުތައް އެޅުއްވުމަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައިސީޖޭއަށް ގޮވާލައްވައިފިއެވެ.

ރައީސް މިފަދައިން ގޮޮވައިލެއްވީ އެމަނިކުފާނުގެ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްރާއީލު ސިފައިންގެ އަތްދަށުގައި ޣައްޒާ ސުންނާފަތިކުރަމުންދާއިރު، ބައިނަލްއަޤުވާމީ މުޖުތަމަޢު ހިމޭނުން ތިބެގެން ނުވާނެ ކަމަށެވެ. އަދި ޚާއްޞަކޮށް ޣައްޒާގެ ރަފާޙްގައި މީހުން ގެދޮރު ދޫކޮށް ދާން ޖެހުމާއި މަރުގެ، މަންޒަރުތަކުން މާޔޫސްކަން ގެނުވާކަން ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމް ކުރުމަށް ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތާއީދު ކުރާނެ ކަމަާއި، ފަލަސްޠީނުގެ ދަޢުލަތަކީ ޙަޤީޤަތަކަށް ވެގެން، ފަލަސްޠީނުގައި ތިބި އަޚުންނާއި އުޚުތުންނަށް ޝަރަފުވެރިކަމާއި، ސުލްހަވެރިކަމާއެކު، ތަނަވަސް ދިރިއުޅުމެއް އުޅެވެންދެން ހަމަޖެހުން ނުލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލައި ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށާއި، އައިސީޖޭއިން މިކަމާއި ދެކޮޅަށް ތެދުވެ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ، ޣައްޒާގެ ރަފާޙްއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖޭގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށެވެ.