English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް
ނ.ވެލިދޫ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނާއި، ތިން ރިސޯޓެއްގެ ފަޔަރމަނުން ގުޅިގެން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު އިއްޔެ 12:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން މިއަދު 14:00 ހާއިރު އެ ރަށަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. އަދި އޭގެ ކުރިން، ފަޔަރ ފައިޓަރުން އެ ރަށަށް ދިއުމަށް ވަގުތުތަކެއް ނަގާނެތީވެ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެދުމަށް، ޝިޔާމް ވޯލްޑް ރިސޯޓާއި، ވެލާ ރިސޯޓް އަދި ރަންދެލި ރިސޯޓްގެ ފަޔަރމަނުން އެ ރަށަށް ގޮސް އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ނ.ވެލިދޫ ކައުންސިލްގެ އެހީތެރިކަން ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނާއި ޝިޔާމް ވޯލްޑް ރިސޯޓާއި، ވެލާ ރިސޯޓް އަދި ރަންދެލި ރިސޯޓްގެ ފަޔަރމަނުންނާއި ނ.ވެލިދޫ ކައުންސިލުން ގުޅިގެން ކުރެވުނު މަސައްކަތުން، މިއަދު 15:15 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށް، 17:00 ހާއިރު ވަނީ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.