English Edition
Dhivehi Edition
ފޮޓޯ" ރައީސް އޮފީސް

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްް (އެފްޑީސީ) ގެ އައު ލޯގޯ އިފުތިތާހު ކޮށްފިއެވެ.

އެފްޑީސީ ގެ އައު ލޯގޯ އިފުތިތާހު ކޮށްފައިވަނީ ކްރޮސްރޯޑް ގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ އާ ލޯގު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއެވެ.

އެފްޑީސީ ގެ އައު ލޯގޯ އިފުތިތާހު ކުރުމުގެ އިތުރުން ރޭގެ މި ހަފްލާގައި “ކޮލިޓީ އެޝުއަރަންސް އެވޯޑު” ހާސިލުކުރި ފަރާތަށާއި، “އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓާ އެވޯޑު” ހާސިލުކުރި ފަރާތަށް އެ އެވޯޑުތައް ހަވާލުކުރުން ވެސް އޮތެވެ. “ކޮލިޓީ އެޝުއަރަންސް އެވޯޑު” ހާސިލުކުރި ފަރާތަށާއި، “އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓާ އެވޯޑު” ހާސިލުކުރި ފަރާތަށް މި އެވޯޑު ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ”ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ.

100 އިންސައްތަ ސަރުކާރު ހިއްސާވާ އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.

ރޭގެ މި ހަފުލާގައި އެފްޑީސީން ކުރަމުން ގެންދާ މަސައްކަތްތަކާއި، އެކި މަޝްރޫއުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ހިއްސާ ކުރިއެވެ.