English Edition
Dhivehi Edition

ރ. ކުޑަކުރަތުން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އޭގެއިން ގެއްލުނު މީހަކު ހޯދަމުން އަންނަކަމަށް އެމްއެންޑީއެފް އިން މިއަދު ހާމަކޮށްފިއެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު ހަތަރު މީހަކު ވަނީ ސީ އެންބިއުލާންސަކުން ސަލާމަތްކޮށްފައެވެ.

ގެއްލިގެން ހޯދަމުން އަންނަނޯ ބިދޭސީ އެއްކަމަށް ސިފަިއން ބުންޏެވެ.

“ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި “ލިއޯ ޕާލް” ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފި,” -އެމްއެންޑީއެފް-

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަނީ ފާސްޓް އިންޓަސެޕްޓް ކުރާފްޓް “ހަކުރާ” ކަަމަށް ވެސް ސިފައިން ބުންޏެވެ.