މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އުފާ ފާޅުކުރުމަށް ބާއްވާ ހަފްލާގައި ބައިވެރިވުމަށް ޕީއެންސީން އެދިއްޖެއެވެ.
ޕީއެންސީން މިއަދު ބުނީ, އުފާ ފާޅުކުރުމަށް ބާއްވާ ހަފްލާ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި އިންނާނެކަމަށެވެ. އަދި އެ ހަފްލަގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭކަމަށެވެ.
އާދިއްތަ ދުވަހު ބޭއްވި އާންމު އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ކުރިން ސުޕަ މެޖޯރިޓީގައި އޮތް އެމްޑީޕީއަށް ވަނީ މެޖޯރިޓީ ގެއްލި މައިނޯރިޓީ ޕާޓީއަށް ވެފައެވެ. އަދި ސަރުކާރުގެ މައި ޕާޓީ ޕީއެންސީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ނަގައިފައެވެ.
އިތުރު ޕާޓީއަކަށް އެކަށީގެންވާ މިންވަރަކަށް މަޖިލިސް ގޮނޑިއެއް ނުލިބެއެވެ. ނަމަވެސް އަމިއްލަ ގޮތުންވާދަކުރި 11 މެންބަރަކު ވަނީ ކާމިޔާބު ވެފައެވެ. އެމްޑީއޭ އިން 2 ގޮނޑި ކާމިޔާބު ކުރި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ އިން ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ.