English Edition
Dhivehi Edition
އައްޑޫގައި ވޯޓުގުނަން ފެށުން

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ 20 ވަނަ އިންތިހާބުގެ ބައެއް ދާއިރާތަކުގެ ވޯޓު ގުނަން ފަށައިފިއެވެ.

ވޯޓު ގުނަން ފަށާފައިވަނީ 18:00 ވުމުންނެވެ. ވޯޓު ފޮށިތަކުގެ ކިއުތައް ބަންދުކޮށްފައިވަނީ މިއަދު ހަވީރު 17:30 ގައެވެ.

އީސީން ދެންމެ ބުނިގޮތުގައި ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 181،406 މީހުންނެވެ. އެއީ 63.73 ޕަސެންޓެވެ. އެ ހިސާބުން ދައްކާ ގޮތުން 36.27 ޕަސެންޓު މީހުން ހަތަރެއް ޖެހުމާ ހަމައަށް ވޯޓު ނުލައެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ޖުމުލަ އަދަދަކީ 284،663 އެވެ.