English Edition
Dhivehi Edition

މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން މިއަދު ހަވީރު 3:00 ޖެހުމާއި ހަމައަށް 50 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ހަވީރު 3:00 ޖެހުމާއި ހަމައަށް 160،158 މީހުން ވޯޓުލާފައިވެއެވެ. އަދި މީގެ ތެރޭގައި ހިމެނެނީ 77،227 އަންހެނުންނާއި 82،931 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 56.26 އިންސައްތައެވެ.

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:30 އާ ހަމައަށެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ.