English Edition
Dhivehi Edition
ފޮޓޯ: އިލެކްޝަންސް ކޮމިޝަން

20 ވަނަ މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިގެން ކުރިޔަށް ދާއިރު، މިއަދު މެންދުރު ފަހު ދޭއް ޖެހުމާއި ހަމައަށް 148،894 މީހުން ވޯޓު ލައިފި ކަމަށް އިލެކްޝަން ކޮމިޝަންއިން ބުނެފި.

އިލެކްޝަން ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު މެންދުރު ފަހު 14:00 އާއި ހަމައަށް 70،896 އަންހެނުންނާއި 77،998 ފިރިހެނުން ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމަށް ޝަރުތު ހަމަވާ އަދި އެކަމަށް ޝަރުތު ހަމަވެފައިވާ 284،663 މީހުންގެ 50 އިން ސައްތަ މީހުންނެވެ.

އެއާކު ޖުމްލަ ވޯޓުލާފައިވާ މީހުންގެ އަދަދު 148،894 އަށް އަރާފައިވާއިރު، މިހާތަނަށް ވޯޓުނުލާ މީހުންގެ އަދަދަކީ 135،769 އެވެ. އެއީ ވޯޓުލެވޭ ޖުމްލަ އަދަދުގެ 47.69 އިންސައްތައެވެ.

މި އިންތިހާބުގައި ޖުމްލަ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށް، އެކުޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

މިއަދު ހަވީރު 5:30 އާއި ހަމައަށް ވޯޓުލުމުގެ ފުރުސަތު އޮތް އިރު، ވީހާވެސް އަވަހަށް ވޯޓުލާ ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.