English Edition
Dhivehi Edition
މިއަދު ކުރިއަށްދާ އިންތިޚާބުގައި ގއ ވިލިނގިލީގައި މީހަކު ވޯޓުލަނީ:ފޮޓޯ އޭއޯ ނިއުސް

އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން މާލެ އާއި އެކި ރަށްރަށުގައި ދެންމެ ފަށައިފި އެވެ.

މިއަދުގެ ވޯޓުލުން ހެނދުނު 8 އިން ހަވީރު 5:30 ވަންދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް ގެންދާނެ އެވެ.

އެ ކޮމިޝަނުން ރޭ ބުނެފައި ވަނީ ވަގުތު ހަމަވުމަށް ފަހު، ވޯޓުލާން އެންމެ މިނިޓެއް ވެސް ނުދޭނެ ކަމަށެވެ. އެހެންވެ، ހުރިހާ އެންމެން ވެސް އޭގެ ކުރިން ނުކުމެ ވޯޓުލުމަކީ އީސީގެ އެދުމެކެވެ.

ގއ ވިލިނގިލީގައި ވޯޓުލުން ކުރިއަށް ދަނީ:ފޮޓޯ އޭއޯނިއުސް
މިއަދުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓަ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.