English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ސަތާރަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ނަޓެއްލާ ކޭކް ތައްޔާރުކުރާނެ ގޮތެވެ.

​ބޭނުންވާތަކެތި:

1/2 ޖޯޑު ނަޓެއްލާ

1 ޖޯޑު ކިރު (ފުލް ކްރީމް)

3/4 ޖޯޑު ފުށް

1/2 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ

ތައްޔާރުކުރާނެގޮތް:

ތަށްޓެއްނަގާފައި ނަޓެއްލާ އަދި ކިރު އަޅާފައި އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ފުށް އަޅާފައި ބޭކިން ޕައުޑަރ ވެސް އަޅާފައި މިކްސް ކޮށްލާށެވެ. ޓްރޭ އަކަށް އަޅާފައި އަވަނަށްލާފައި 180ޑިގްރީގައި 25 މިނެޓް ވަންދެން ފިހެލާށެވެ. ކޭކް ހިހޫ ވުމުން ޓޫތް ޕިކް އަކުން ލޯވަޅު އެޅުމަށް ފަހު ކޮކޯ ޕައުޑަރ ކިރާއި މިކްސް ކޮށްފައި ކޭކު މައްޗަށް އަޅައި ފޯކޮށްލާށެވެ. ދެން ކޭކްގެ މަތީގައި ނަޓެއްލާ ލޭޔާއެއް އަޅާފައި ސާރވް ކުރާށެވެ.