ފެން ބިލާއި ކަރަންޓު ބިލުގެ ޖޫރިމަނާ އެއްކޮށް ކަނޑާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިއަދު ވިދާޅުވީ ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް ވާނީ ދަންނަވާފައިވާކަމަށެވެ.
“އަދި ނުދެއްކި ހުރި ފައިސާ ލުޔިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ވާނީ ދަންނަވާފައި,” ރައީސް މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
މި ދުވަސް ވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސް ވަރަކަށް ވެފައި, އަދި ރޯދަ މަސްކަމުން ގިނަ އަދަދަކަށް ކަރަންޓާއި ފެން ރައްޔިތުން އަންނަނީ ބޭނުން ކުރަމުންނެވެ.
ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ…
— Dr Mohamed Muizzu (@MMuizzu) March 24, 2024