އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސްގެ މެސެޖުގައި ވަނީ، އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް އަށާއި ބޮޑު ވަޒީރު ނަރިންދުރަ މޯދީއަށާއި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
މީގެ އިތުރުން ރައީސްގެ މެސެޖުގައި ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ދުވަސްވީ އެކުވެރިކަން ވަނީ މި ގައުމަށް ކުރިއެރުންތަށް ގެނެސްދީފައިކަމަށެވެ. އަދި މި ސަރަހައްދަށް ވެސް ގިނަ ކުރިއެރުންތަށް ގެނެސްދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ދާނީ އިތުރަށް ވަރުގަދަވަމުން ކަން ފާހަގަކުރައްވާފައެވެ.