English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ބާރަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ސްޓްރޯބެރީ ލައިމޭޑް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: (ދެ ތަށްޓަށް)

1/2 ޖޯޑު ލައިމް ޖޫސް

1/3 ޖޯޑު ހަކުރު

1/3 ޖޯޑު ފެން

1 ޖޯޑު ސްޓްރޯބެރީ ކޮށާފައި

20 މިންޓްފަތް

2 ޖޯޑު އައިސްފެން

ތައްޔާރުކުރާނެގޮތް:

ސިރަޕް ތައްޔާރުކުރުމަށް ، ހަކުރާއި ފެން ތަވަޔަކަށް އަޅާފައި މަޑުގިނީގައި 5 ނުވަތަ 10 މިނެޓް ވަންދެން ކައްކާށެވެ. މިގޮތަށް ކައްކާނީ ހަކުރު ވިރި ފެނާއެކުވެ ސިރަޕް އަށް ވަންދެންނެވެ.

ދެން ޖަގެއް ނަގާފައި ލައިމްޖޫސް، ތައްޔާރުކުރި ސިރަޕް ، ސްޓްރޯބެރީ ، މިންޓްފަތް އަޅާފައި 2،3 ގަޑި އިރަށް ފްރިޖްގައި ބަހައްޓާށެވެ. ސާރވް ކުރަންވީމަ ފްރިޖުން ޖަގު ނަގާފައި ބިއްލޫރި ތަށްޓް އަޅާފައި ސާރވް ކުރާށެވެ.