English Edition
Dhivehi Edition

ސަދަގާތު ފަންޑުން މިއަހަރު ބޭއްވި ޚިތާނީ ފެސްޓިވަލުގައި ޚިތާނުކުރި ކޮންމެ ކުއްޖާކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ހަދިޔާއެއް ދެއްވައިފިއެވެ.

އެކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ދެއްވީ ޓެބްލެޓެކެވެ. މި ފެސްޓިވަލުގައި 500 އެއްހާ ކުދިންވަނީ ބައިވެރިވެފައެވެ.

ރައީސްގެ ޚާއްސަ ހަދިޔާ އެކުދިންނަށް ދެއްވީ މިއަދު މެންދުރު ފަހު ރައީސްގެ ދެކަނބަލުން “ޚިތާނީ އުފާ ކޭމްޕް” އަށް ވަޑައިގެންނެވެ. އެކުދިންނަށް ހަދިޔާ ދެއްވުމަށްފަހު ރައީސްގެ ދެކަނބަލުންވަނީ އެކުދިންނާއި ކުދިންގެ އާއިލާތަކާ ބައްދަލު ކުރައްވައިފައެވެ. އަދި އެކުދިންނާއެކުވަނީ ކޭކެއް ފަޅުއްވައި ފޯޓޯއެއްވެސް ނަންގަވައިފައެވެ.

ސަދަގާތު ފައުންޑޭޝަނަކީ ރައީސް ޔާމީންގެ އަނބި ކަނބަލުން ހިންގަވާ ފައުންޑޭޝަނެކެވެ. މިއަހަރުގެ ޚިތާނީ ކޭމްޕް ބާއްވަނީ ހުޅުމާލޭ ރެހެންދި ސްކޫލާއި ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައެވެ.