English Edition
Dhivehi Edition

ސަދަގާތު ފައުންޑޭޝަނުން ބާއްވާ މިއަހަރުގެ ޚިތާނީ ފެސްޓިވަލް މިއަދު ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގަވާ ފައުންޑޭޝަނެކެވެ.

މިއީ މި ފެސްޓިވަލް ބާއްވާތާ ދެވަނަ އަހަރެވެ. މިދިޔަ އަހަރުގެ ފެސްޓިވަލުގައިވަނީ 140 ކުދިން ބައިވެރިވެފައެވެ. މިއަހަރުގެ ފެސްޓިވަލުގައި 400 އަށްވުރެ ގިނަކުދިންވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ފެސްޓިވަލް ކުރިއަށް ގެންދަނީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލާއި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގަ އެވެ. މިއަދު ފެށި ފެސްޓިވަލަށް ފަސްޓްލޭޑީ ފާތިމަތު އިބްރާހީމްވަނީ ޒިޔާރަތްކުރައްވައި ކުދިންގެ ހާލު ބައްލަވައިފައެވެ. އެކަމަނާވަނީ ޚިތާނީ ފެސްޓިވަލްގެ ކަންކަން ކުރިއަށްދާ ގޮތްވެސް ބައްލަވައި ލައްވައިފައެވެ.

މި ފެސްޓިވަލަށް ވަރަށްބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ސަދަގާތު ފަންޑުންވަނީ ޚިތާނުކުރާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ހުރުމާއި ކެއުމުގެ ކަންކަންވެސް ހިލޭ ހަމަޖައްސައިފައެވެ. މި ފެސްޓިވަލުގައި ކުދިންގެ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށްގެންދެއެވެ. އެކަންވެސް ހަމަޖައްސައިފައިވަނީ ސަދަގާތު ފަންޑުންނެވެ.