English Edition
Dhivehi Edition

ސަދަގާތު ފައުންޑޭޝަންގެ ފަރާތުން ބާއްވާ ހިތާނީ ފެސްޓިވަލް 2017 ގައި ކުރިން ދިން 140 ޖާގައަށް ބަދަލު ގެނެސް އެ އަދަދު ފައްސަތޭކައަށް އިތުރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް(މެޑަމް ފާތުން) ގެ އިސްނެންގެވުމުގެ މަތިން ސަދަގާތު ފައުންޑޭޝަންގެ ފަރާތުން ބާއްވާ ހިތާނީ ފެސްޓިވަލް 2017 އަށް ފޯމް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 22ވަނަ ދުވަސްކަމަށާއި ފޯމް ބަލައިގަންނާނީ އެފް.އޭ.އެމްގެ އޮފީހުގައި ހުންނަ ފަސްޓްލޭޑީ ހިންގަވާ ކެމްޕެއިން އޮފީހުން ކަމަށް އެފައުންޑޭޝަނުން ބުނެއެވެ.

މިކަމާ ގުޅިގެން ސަދަޤާތު ފައުންޑޭޝަނުން ހާމަކުރެއްވި ގޮތުގައި، ޖާގަ އިތުރުކުރުމަށް ނިންމީ ފެސްޓިވަލްގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އެދުމުންކަމަށާއި، ހަމަޖެހިފައިވާ އަދަދަށް ފޯމް ދޫކޮށް ނިމިފައިވާކަމަށްވެސް ސަދަޤާތު ފައުންޑޭޝަނުން މައުލޫތު ދެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އަހުމަދު މުއާޒް އަލީ ވިދާޅުވީ، މިފަދަ ހިތާނީ ފެސްޓިވަލެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ގިނަ ކުދިން ތަކަކަށް އެއްތަނަކުން ހިތާނުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި، އަދި މިއަހަރުގެ ފެސްޓިވަލް މިދިޔަ އަހަރަށް ވުރެ ފޯރިގަދަވެގެންދާނެ ކަމަށެވެ.

މިއަހަރުގެ ހިތާނީ ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭ ރެހެންދި ސްކޫލުގައެވެ.

.