English Edition
Dhivehi Edition

އައްޑުސިޓީ ހުޅުދޫ ހިމެނޭހެން ތިން ތަނެއްގައި އަމިއްލަ ފަރާތްތަކުން މިސްކިތް ބިނާކުރުުމަށް އިސްލާމިކް މިނިސްޓްރީ އާއެކު ސޮއި ކޮށްފިއެވެ.

އައްޑޫ ސިޓީ، ހުޅުދޫގައި މިސްކިތް ބިނާކުރަނީ މުޙައްމަދު ސާލިޙް އެވެ.

މި މިސްކިތް ބިނާކުރަނީ ހުޅުދޫ މޫންލައިޓް، ގޯތީގެ ހުރި ބިމުގައެވެ. 200 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރާނީ މުޙައްމަދު ސާލިޙްގެ އަމިއްލަ ޚަރަދުގައެވެ. އަދި މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 720 ދުވަހެވެ.

މީގެ އިތުރުން ރ. އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް ވެސް ވަނީ ސޮއިކޮށްފައެވެ.

އަލިފުށީގައި، 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރާނީ އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައެވެ.

މި މިސްކިތް 732 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53) ގައި ވެސް އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް ނިންމާ، އިސްލާމިކް މިނިސްޓްރީ އާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިއީ މުޙައްމަދު ޔޫސުފްގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކުރާ މިސްކިތެކެވެ.