English Edition
Dhivehi Edition
ތިލަފުށި

ތިލަފުށީގެ ސިނާޢީ ބޭނުންތަކަށް ޚާއްސަކޮށްފައިވާ ސަރަޙައްދުން ބިން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ހުޅުވާލައިފިއެވެ.

އެޗް.ޑީ.ސީއިން މިރޭ ކުރި އިއުލާނެއްގައި އޮންލައިންކޮށް އެޕްލައިކުރެވޭގޮތަށް ހުޅުވާލާފައިވާކަށެވެ. ބިޑް ޕޯޓަލް (https://bids.hdc.mv/) ގައި ރަޖިސްޓްރީވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ލިބޭނެކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް އެޗްޑީސީއިން ވަނީ ހުށަހަޅާފައެވެ.

ތިލަފުށިން ވިއްކާ ޕްލޮޓްތަކުގެ ސައިޒު

• 2،500 – 4،999 އަކަފޫޓުގެ 64 ޕްލޮޓް
• 5،000 – 9،999 އަކަފޫޓުގެ 42 ޕްލޮޓް
• 10،000 – 14،999 އަކަފޫޓުގެ 2 ޕްލޮޓް