English Edition
Dhivehi Edition
ދިވެހި ފުލުހުން

ކުރިން ފުލުހުންނަށް ދެމުން ގެންދިޔަ އަށް އެލަވަންސް އެއް އުވާލައި, ފުލުހުންގެ މުސާރަ 35 ޕަސަންޓު ބޮޑުކޮށްފިއެވެ.

ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާއިރު ކުރިން ދެމުން ގެންދިޔަ 8 އެލަވަންސް އެއް ވަނީ އުވާލާފައެވެ. އެ އަށްއެލަންސް އަކީ, ސާވިސް އެލަވަންސް, ނޮން ޕްރެކްޓިސް އެލަވަންސް, ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސް, ޔުނީފޯމް އެލަަވަންސް, ލިވިން އެލަވަންސް, ފެރީ އެލަަވަންސް , ޕްރޮފެޝަނަލް އެލަވަންސް އަދި ޓެކްނިކަލް އެލަވަންސް އެވެ.

ބޮޑުކުރި މުސާރައާއެކު ދެން ދޭނީ, މަގާމުގެ އެލަވަންސް, ޕޮލިސް އެލަވަންސް އަދި ޕޮލިސް ސާވިސް އެލަވަންސް އެވެ.

ފުލުހުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ފަސް އަހަރަށް ބަހާލައިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނައަށް ބޮޑު ކުރައްވާނެކަމަށެވެ.