English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ހަތަރުވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ޗިޕްސްމޯ ފުޑިނގް ތައްޔާރު ކުރާނެ ގޮތެވެ. ‏

ބޭނުންވާތަކެތި:

1 ޕެކެޓް ޗިޕްސްމޯ (ބޮޑު)

2 ދަޅު ނެސްލޭ ކްރީމް

1 ދަޅު ގެރިކިރު

1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

ކުޑަވެނީލާ އެސެންސް ފޮދެއް (ރަހަލާވަރަށް)

ތައްޔާރުކުރާނެގޮތް:

ނެސްލޭ ކްރީމް އާއި ކޮކޯ ޕައުޑަރ ބޯތަށްޓަކަށް އަޅާފައި ރަނގަޅަށް އެއް ކޮށްލާށެވެ. ދެން މީގެ ތެެރެއަށް ގެރިކިރު އަދި ވެނީލާ އެސެންސް އެޅުމަށް ފަހު އޮމާން ވަންދެން ގިރާލާށެވެ. ދެން ޓްރޭއެއް ނަގާފައި ޗިޕްސްމޯ ބިސްކޯދު ލޭޔާއެއް އެޅުމަށްފަހު ތައްޔާރު ކުރި ކްރީމް ކޮޅެއް ފަތުރާށެވެ. ބިސްކޯދު ހުސްވަންދެން މިގޮތަށް ލޭޔަރ އަޅާލާށެވެ.

ގާނިޝް ކުރުމަށް ކޮކޯ ޕައުޑަރ ނުވަތަ ޗޮކްލެޓް ގާނާފައި ޕުޑިންގ ގެ މައްޗަށް އަޅާލާށެވެ. ފްރިޖްގައި 3 ގަޑިއިރަށް ބެހެއްޓުމަށްފަހު ސާރވް ކުރާށެވެ.