އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ތިންވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ސަބްމެެރިން / ބާރގަރ ސޯސް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
4 މޭޒުމަތީ ސަމުސާ މެޔޮނައިޒް
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
1/2 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީމް
1/2 މޭޒުމަތީ ސަމުސާ ހަކުރު
ކުޑަލޮނުކޮޅެއް
1/4 މޭޒުމަތީސަމުސާ އަސޭމިރުސް
1/2 މޭޒުމަތީ ސަމުސާ ގާލިކް ޕައުޑަރ
1/2 މޭޒުމަތީސަމުސާ ޕެޕްރިކާ
ކުޑަ ލުނބޯހުތް ކޮޅެއް
ތައްޔާރުކުރާނެގޮތް:
މަތީގައި ބުނެފައިވާ ހުރިހާ ބާވަތް ތައް ތަށްޓަކަށް އަޅާފައި ދޭފަތުން އެއްކޮށްލާށެވެ.