އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ދެވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ބެނޮފީ ޕައި ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
1/2 ޖޯޑު ސާގު ނުކައްކާހުރި
3 ދޮން އަނބު
200މލ ކާށި ކިރު
60މލ ގެރިކިރު
1/2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެގޮތް:
ތެއްޔަކަށް 4 ޖޯޑު ފެންއެޅުމަށްފަހު ކައްކަން އުދާލާށެވެ. ފެން ރަނގަޅަށް ކެކިގަތީމަ ސާގު އަޅާފައި ހަލުވަމުން ސާގުގެ ކުލަބަދަލު ވަންދެން ކައްކާށެވެ. ސާގު ކެކުމުން ފުރާނާފައި އައިސްފެނަށް އަޅާފައި ބަހައްޓާށެވެ. ދެން އަނބު ކޮށާފައި ކިއުބްސް ގޮތަށް 1 ޖޯޑު އަނބު ނަގާފައި ބަހައްޓާށެވެ.
ދެން ބާކީ އަނބު ކޮޅާއި ، ގެެރިކިރު ، ކާށިކިރު އަދި ވެނީލާ އެސެންސް އަޅާފައި މިކްސަރުން ގިރާލާށެވެ. ބޭނުން ނަމަ މި މެންގޯ މިކްސްޗަރ ފިނިކުރަން ފްރިޖްގައި ބެހެއްޓިދާނެއެވެ.
ސާގު، ތަށްޓަށް އަޅާފައި މީގެ ތެރެއަށް ތައްޔާރުކުރި މެންގޯ މިކްޗަރ އަޅާފައި އެއްކުރުމަށްފަހު ގާނިޝްކުރުމަށް މައްޗަށް އަނބު ކިއުބްސް އަޅާފައި ސާރވް ކުރާށެވެ.