English Edition
Dhivehi Edition

ވޭތުވެދިޔަ ރަމަޟާން މަހެކޭ އެއްގޮތަށް މި ރަމަޟާން މަހު ވެސް އުރީދޫ ގެ ފަރާތުން ކަސްޓަމަރުންނަށް ހަދިޔާފޮށި ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ

އުރީދޫ މޯލްޑިވްސްއިން ރޯދަމަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނާއި ހަމައަށް ދަނީ ގިނަ ކަންތައްތަކެއް ގެނެސްދެމުންނެވެ. އުރީދޫގެ ފަރާތުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރެއިން އިތުރު ޕްރޮމޯޝަންތަކާއި ހަރަކާތްތައް މިއަހަރު ވެސް ވަނީ ރޭވިފައެވެ. އެގޮތުން މިފަހަރު ކުރިއަށްދާނެ ކަންތައްތަކުގެ ތެރޭގައި: މިދިޔަ އަހަރު ވެސް ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ހަދިޔާ ފޮށި ޕްރޮމޯޝަން މިއަހަރުވެސް ރޯދަމަހާ ދިމާކޮށް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވެއެވެ. އެގޮތުން އުރީދޫ ސުޕަރއެޕްގައި ހަދިޔާ ފޮށި މެދުވެރިކޮށް ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ފަހިވެފައިވެއެވެ. މީގެ ތެރޭގައި ޑެއިލީ އަދި ވީކްލީ ހަދިޔާ ހިމެނެއެވެ. ހަދިޔާ ތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗަރ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެއެވެ.

އުރީދޫއިން މި ރަމަޟާން މަހާ ދިމާކޮށް ރޯދަ ހަދިޔާގެ ގޮތުން500 ރ އިން މަތީގެ ޑޭޓާ ޕެކް ނަގާ ފަރާތްތަކަށް %60 އާހަމައަށް ބޯނަސް ޑޭޓާ ދިނުމަށް ހަމަޖެހިފައިވެއެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފަރ ގައި ބައިވެވޭނެއެވެ.

ގިފްޓް އަ ޕެކް މި އީ ވެސް އުރީދޫގެ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ޕްރޮމޯޝަނެކެވެ. ރޯދަ މަހުގެ ތެރޭގައި ފެށޭ މިއޮފަރ ގައި އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެއެވެ.

މިހާރު ތަޢާރަފްކޮށްފައިވާ ސުޕަރނެޓު އެކްޓިވޭޓް އެންޑް ވިން އަކީ އަލަށް ސުޕަރނެޓު ނަންގަވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތަކުން ހޮވޭފަރާތަކަށް ހާއްސަ އިނާމެއް ލިބިލައްވާ ޕްރޮމޯޝަނެކެވެ. ކޮންމެ ހަފްތާއަކު ގްރޭޓާރ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވާގޮތަށް ހަމަޖެހިފައިވާކަމަށް އުރީދޫއިން ވިދާޅުވެއެވެ.

އިފްތާރު ޕެކް ހަދިޔާ ކުރުންވެސް މި ރޯދަމަހާއި ދިމާކޮށް އުރީދޫއިން ވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެއެވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންގެ އެހީތެރިކަމާއެކު މިސްކިތްތަކަށް އަޅުކަމުދާ މީހުންނަށެވެ.

މިރޯދަމަހު ޕްރޭޔަރ އެލާޓް އެކްޓިވޭޓް ކުރުމުން ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭނެއެވެ. މި ޚިދުމަތަށް އިތުރު އަގެއް ނުނަގާނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމްވެސް އުރީދޫއިން ވަނީ މި ރޯދަމަހު ފަހިކޮށްދީފައެވެ.

މީގެ އިތުރަށް އުރީދޫ މޯލްޑިވްސްއިން މިރޯދަމަހު ތައާރަފު ކުރާ ސީ.އެސް.އާރު ޕްރޮގްރާމެއް ކަމަށްވާ “އިސްރަށްވެހިންނާއި އެކު”މިނަމުގައި ހިންގާ ޕްރޮގްރާމްގެ އެކި ހަރަކާތްތަށް މުޅި އަހަރަށް ބަހާލެވިގެން ހިންގަންވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ޒުވާނުންނާއި އިސްރަށްވެހިންނާއިއެކު ރޯދަވީއްލާ ޚިޔާލު ބަދަލު ކޮށްލެވޭނެ ފަދަ މާހައުލެއް ގާއިމު ކޮށްދެވެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެންދާ ޕްރޮމޯޝަނެއް ވެސް އުރީދޫއިން ވަނީ މިރޯދަމަހާ ދިމާކޮށް ހުޅުވާލާފައެވެ. މިއީ ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ދެވޭ ހަދިޔާއެކެވެ.

އުރީދޫ އަތޮޅު ދުވުމަށްވެސް ޢުމްރާ ދަތުރު ކަނޑައެޅިފައިވެއެވެ. އެގޮތުން އަތޮޅު ދުވުން ލީޑަރބޯޑުގެ އެއްވަނަ އަށް ދާ ފަރާތަކަށް ދެމީހުންގެ އުމްރާ ދަތުރެއް ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ހުށައަޅާފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ހުރިހާ ދިވެހިންނަށާއި އަދި އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.

 

ޓެގު