English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ބެނޮފީ ޕައި ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:

1/2 1 ކަޕް މާރީ ބިސްކޯދު (ހިމުންކޮށް މުގުރާފައި)

1/2 ސަމުސާ ސިނަމަން ޕައުޑަރ

6 މޭޒުމަތީސަމުސާ ބަޓަރ

1 ދަޅު ގެރިކިރު

2،3 ދޮންކެޔޮ

ޓޮޕިންގ އަށް:

1/2 1 ޖޯޑު ވިޕިންގ ކްރީމް

2 މޭޒުމަތީ ސަމުސާ އައިސިންގ

1 ސައި ސަމުސާ ވެނީލާ އެސެންސް

ޗޮކްލެޓް ގާނާފައި ނުވަތަ ކޮކޯ ޕައުޑަރ (ގާނިޝްކުރުމަށް)

ތައްޔާރު ކުރާނެގޮތް:

ބަޓަރުގެ ދެބައިކުޅެ އެއްބައި ވިރުވާފައި ބިސްކޯދާއި، ސިނަމަން ކޮޅު އެއްކޮށްފައި މޮޑެލާށެވެ. ދެންޓްރޭއަކަށް މިތަކެތި އެޅުމަށްފަހު ސަމުސަލަކުން އެއްވަރު ކޮށްފައި ފިނިކުރަން ފްރިޖްގައި ބަހައްޓާށެވެ. ދެން ބާކީ ހުރި ބަޓަރާއި ހަކުރު ތަވައަކަށް އެޅުމަށްފަހު މަޑުގިނީގައި ވިރުވާލާށެވެ. ހަކުރާއި ބަޓަރު ރަނގަޅަށް ވިރި އެއްވުމުން ގެރިކިރު މީގެ ތެރެއަށް އަޅައި އެއްކޮށްލާށެވެ. މިހާރު ކެރަމަލް ތައްޔާރު ކޮށް ނިމުނީއެވެ.

ދެން ތައްޔާރު ކުރި ބިސްކޯދު ޓްރޭ ފްރިޖުން ނަގާފައި އޭގެ ތެރެއަށް ވަށްކޮށް ދޮންކެޔޮ ފޮތި ކޮށާފައި އަތުރާލާށެވެ. އެއަށް ފަހު މީގެތެރެއަށް ތައްޔާރު ކުރި ކެރަމަލް އަޅާލާށެވެ. ދެން ކެރަމަލް ހަރުވަންދެން ފްރިޖްގައި ބަހައްޓާފައި ވިޕިންގ ކްރީމަށް އައިސިންޝުގަރ އަދި ވެނީލާ އެސެންސް އެޅުމަށްފަހު ވިޕިންގ ކްރީމް ހަރުވަންދެން މިކްސް ކޮށްލާށެވެ. ދެން ކެރަމަލް މައްޗަށް ވިޕިންގ ކްރީމް އެޅުމަށް ފަހު ގާނިޝް ކުރަން ޗޮކްލެޓް ގާނާފައި މައްޗަށް އެޅުމަށް ފަހު ފްރިޖްގައި ކުޑަ ވަކުތު ކޮޅަކަށް ބަހައްޓާފައި ސާރވް ކުރާށެވެ.