English Edition
Dhivehi Edition
ހިޓާޗީގެ އާ އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރަށް ނެރުން - ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ތަފާތު ގިނަ އާ ފީޗާތައް ހިމެނޭ ހިޓާޗީގެ އުފެއްދުންތައް ދިވެހިރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އަދި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓަރު ސޭލްސް ޓަރުން ޖައިންއެވެ.

އެސްޓީއޯ އިން މާކެޓަށް އަލަށް ތައާރަފްކުރި ހިޓާޗީ ޕްރޮޑެކްޓްތަކުގެ ތެރޭގައި އާ ފީޗަރ ތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަ މެޝިނާއި، މައިކްރޯވޭވް އަވަން އަދި އޭސީ ގެ އިތުރުން ޗެސްޓް ފްރީޒަރ ހިމެނެއެވެ.

May be an image of indoor
ހިޓާޗީގެ އާ އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރަށް ނެރުން – ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން އަލަށް ތައާރަފްކުރި ދޮންނަމެޝިންގައި އާޓިފަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހެދުމުގެ ވައްތަރު ދެނެގަނެވި ރަގަޅަށް ދޮވެވިގެންދާނެއެވެ. އަދި މި މެޝިން ބޭނުންކޮށްގެން ހެދުން ހިއްކާލާއިރު ރުލެއްހާ ހިސާބު ވެސް ނުހުންނާނެއެވެ.

އަލަށް ތައާރަފްކުރި އައިސް އަލަމާރިގައި ވީހާވެސް ތާޒާކޮށް ގިނަ ދުވަހު ބެހެއްޓޭ ގޮތަށް ހާއްސަ “ވެކިއުމް” ފީޗާއެއް ހިމަނާފައި ވެއެވެ. އަދި އެނާޖީ ސޭވް ކުރެވޭ ގޮތަށް ހަދާފައިވާ އެ އައިސް އަލަމާރީގައި ހުންނަ ޓަޗް ފީޗާއިން ވެސް ދޮރު ހުޅުވޭނެއެވެ.

ހާޓާޗީއަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްރޮޑެކްޓެކެވެ.