English Edition
Dhivehi Edition

ދިވެހި ފިލްމުތަކުން ގިނަ ބަޔެއްގެ ލޯބި ހޯދި އިބްރާހީމް ޝާކިރު (ޝާކިރުބެ) ނިޔާވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު ޝާކިރުބެ ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޝާކިރުބެ ނިޔާވީ ރޭގެ ވަގުތެއްގައެވެ.

ދިވެހި ޑްރާމާތަކާ ފިލްމުތަކުގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޝާކިރުބެ ގިނައިން ފެނިގެން ގޮސްފައިވަނީ ‘ބައްޕަ’ އެއްގެ ރޯލުންނެނެވެ. ޓީވީ މޯލްޑިވްސްގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޝާކިރުބެ ވަނީ ފަހުން ފިލްމީ މަސައްކަތްތައް ހުއްޓާލުމަށްފަހު ދިރިއުޅުން އިންޑިއާ އަށް ބަދަލުކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި ދިރިއުޅުއްވުމަށްފަހު މާލެ ބަދަލުވީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.