English Edition
Dhivehi Edition

ބޮލީވުޑްގެ ބަތަލާ ޔަމީ ގޯތަމް އާއި ޑައިރެކްޓަރު އަދިތިޔާ ދާރް އަށް ދަރިއަކު ލިބެން އުޅޭކަން އެ ދެމަފިރިން އިއުލާންކޮށްފިއެވެ.

މި މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އާ ފިލްމު “އާޓިކަލް 370” ގެ ޓްރެއިލާ ލޯންޗްކުރަން ބޭއްވި ހަފްލާގައި، އަލަތު ދަރިފުޅަށް ބަލިވެ އިންކަން ޔަމީ ވަނީ ހާމަަކޮށްފައެވެ. ޔަމީގެ ބަނޑަށް މިހާރު ފަސް މަސްވެފައިވާއިރު ބަތަލާ ބުނީ ބަނޑުބޮޑުއިރު ފިލްމު ޝޫޓްކުރުމަކީ ދިމާވި ގޮންޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް ވަރަށް ގިނަ ބައެއްގެ މަސައްކަތުން ފިލްމުގެ މަސައްކަތް ކާމިޔާބުވެފައިވާކަމަށް ޔަމީ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޔަމީ ބުނީ މި ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައިރު އޭނާ ބަނޑުބޮޑުކަން ގިނަ މީހުންނަށް ނޭގޭކަމަށާއި، އަދި އޭރު އެކަން އަންގަންވެސް ބޭނުންނުވާ ކަމަށެވެ. ފިލްމުގެ ޓްރެއިނިންތަކާއި ފިލްމުގައި ޝޫޓްކުރަންޖެހުނު ސްޓަންޓުތައް ވެސް ބަނޑުބޮޑުއިރު ހަދާފައިވާނެކަމަށާއި އަދި ޝޫޓިންގައި އުޅެމުން ޑޮކްޓަރަށްވެސް ދައްކާފައިވާނެކަމަށް ޔަމީ ވަނީ ބުނެފައެވެ.