English Edition
Dhivehi Edition

އަސްކަރީ ގޮތުން އެމެރިކާ ކިތަންމެ ބާރުގަ ގައުމަކަށް ވިއަސް ރަތްކަނޑުން ދަތުުރުކުރާ އިސްރާއީލުގެ އެއްވެސް ބޯޓެއް ސަލާމަތް ނުކުރެވޭނޭކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ބުނެފިއެވެ.

އެމެރިކާއަށް އިންޒާރުދީ ހޫތީން ނެރުނު ބަޔާނެއްގައި ބުނީ ރަތްކަނޑުގައި ހިންގަމުން ގެންދާ އޮޕަރޭޝަންތައް މެދު ނުކެނޑި ކުރިއަށް ދާނޭ ކަމަށާއި، އެމެރިކާ އަކީ އަސްކަރީ ގޮތުން ކިތަންމެ ބާރުގަދަ ގައުމެއް ކަމަށް ވިޔަސް ރަތްކަނޑުން ދަތުރުކުރާ އިސްރާއީލުގެ އެއްވެސް ބޯޓެއް ސަލާމަތް ނުކުރެވޭނޭކަމަށެވެ.

ހޫތީ ހަނގުރާމަވެރިން ބުނީ ފަލަސްތީނުގައި އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތައް ކުރިއަށް ދާހާ ހިދަކު ރަތްކަނޑުގެ އޮޕަރޭޝަންތައް ހުއްޓާނުލާ ކުރިއަށް ގެންދާނޭ ކަމަށާއި، އެކަނޑުން ދަތުކުރާ، އިސްރާއީލަށް ވާގިދޭ ގައުމުތަކުވެ އެއްވެސް އުޅަނދަކަށް ސާލަމަތް ވެސް ނުވެވޭނޭކަމަށެވެ.

އެމެރިކާ އާއި އިނގެރޭސި ވިލާތުން ދަނީ ޔަމަނަށާއި އިރާގު އަދި ސީރިއާއަށް ވެސް ހަމަލާތައް ދެމުން ކަމަށާއި އެ ހަމަލާތަކުގެ ބަދަލު ވަރުގަދަކޮށް ހިފާނޭ ކަމަށް ވެސް ހޫތީންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި އިތުރަށް ބުނީ ރަތްކަނޑުގެ ސަލާމަތަށް ކަމަށް ބުނެ އެމެރިކާއާއި އިނގެރޭސީން ޔަމަނަށް ހަމަލާތައް ދެމުން ގެންދަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި، އެ ދެގައުމުން ޔަމަނަށް ހަމަލާތައް ދެމުން ގެންދަނީ ފަލަސްތީނަށް ތާއީއު ކުރާތީ ކަމަށެވެ.

އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއާއި އިނގިރޭސިވިލާތަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.