English Edition
Dhivehi Edition

މާއް ﷲ ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވަވަނީ އޭގައި ނުހަނު ގިނަ ޙިކުމަތްތަކެއް ލައްވަވާފައެވެ. އަދި އެކަމުގައި ގިނަ ފައިދާއާއި ހެވާއި ލާބަ ލިބެނިވިގޮތުގައެވެ.

އެގޮތުން ﷲ ތަޢާލާ އެކަލާނގެ އަޅާއަށް މުސީބާތް ކުރިމަތިކުރައްވަނީ ސުވަރުގޭގެ ދަރަޖަތައް އެ އަޅާއަށް މަތިވެރި ކުރެއްވުމަށް ޓަކައެެވެ.

ޤުދުސީ ހަދީސެއްގައި މާތް ﷲ ވަޙީކުރައްވަވާފައިވެއެވެ.

އެކަނލާންގެ އަޅާގެ ކުޑަ ދަރިފުޅުގެ ފުރާނަ ހިއްޕަވައިގަންނަ ވަގުތު އެ މަލާއިކަތުންނަށް ﷲ ވަޙީކުރައްވަވާނެތެވެ.

ތިޔަބައިމީހުން ތިޔަ ވަޑައިގަންނަވަނީ ތިމަން ﷲގެ އަޅާގެ ހިތުގެ މޭވާ ހިއްޕަވައިގެންނެވެ. އެ ހިނދު މަލާއިކަތް ބޭކަލުން ދަންނަވާނެއެވެ. އާދޭހެވެ. އަދި އެ މަލާއިކަތުންނަށް ﷲ ވަޙީކުރައްވާނެތެވެ. ތިޔަ ބޭކަލުން އެ ކުޑަ ކުއްޖާގެ ފުރާނަ ހިއްޕެވި ހިނދު ތިމަން ﷲ ގެ އަޅާގެ ދުލުން ބޭރުކުރީ ކީކޭތޯއެވެ. އަދި އޭގެ ޖަވާބުގައި އެ މަލާއިކަތް ބޭކަލުން ދެންނެވިއެވެ. އެ އަޅާ އިނބަ ﷲ އަށް ހަމްދުކުރިއެވެ. އަދި إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ, މިފަދައިން ކިއެވެ. އަދި ﷲ ވަހީޚުރެއްވިއެވެ. ތިމަން ﷲ ގެ އަޅާއަށް ސުވަރުގެއިން ގަނޑުވަރެއް ބިނާކޮށްދެއްވާށެވެ.

އެކުއްޖާގެ ބައްޕައަށް ނުވަތަ މަންމައަށެވެ. އެހެނީ އެފަދަ ވަގުތެއްގައިވެސް ކެތްތެރިކަން އަދާކުރީތީއެވެ. އަދި އެ ގަނޑުވަރަށް ބައިތުލް ޙަމްދުގެ ނަމުން ނަންދެއްވާށެވެ.

އެހެން ޤުދުސީ ހަދީސެއްގައި މާތް ﷲ ވަޙީކުރައްވަވާފައި ވެއެވެ. ތިމަން ﷲ ގެ މުއުމިނު އަޅާ، އޭނާގެ ލޮލުގެ ފިނިކަން. އެބަހީ ތުއްތު ކުޑަ ދަރިފުޅު، ދުނިޔެއިން ތިމަން ﷲ ގެންދަވައިފި ހިނދުގައި އެކަމަށް ކެތްތެރިކަން އަދާކޮށްފި ނަމަ ތިމަން ﷲ ގެ ހަޟުރަތުގައި ސުވަރުގެ ފިޔަވައި ޖަޒާއެއް ނުވެއެވެ.

މަޢުލޫމާތު: ތިލަފަތުގެ ދަރުހަކުން