English Edition
Dhivehi Edition
ފޮޓޯ: ވަގުތު އިމޭޖްސް

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ހިންގި ހަމަނުޖެހުންތަކުގައި އަނިޔާވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމްއަބްދުލް ހަކީމްގެ ކިބައިން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ މައާފަށް އެދިވަޑައިގަންނަވައިފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އީސަ ވިދާޅުވީ މަޖިލިހުގެ ތެރޭގައި ހިނގާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރައްޔިތުން ބަލަން ބޭނުން ނުވާ މަންޒަރުތައް މަޖިލިސް ތެރެއިން ފެނިފައި އެބަހުރި ކަމަށެވެ. އެކަމާ ހިތާމަ ކުރައްވައި މާފަށް އެދިވަޑައިގަންނަވަމުން އީސަ ވިދާޅުވީ ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ފެންނާނީ އެންމެ އުންމީދު ކުރާ މަންޒަރު ނޫން ކަމަށެވެ. އެގޮތުން އެ ދުވަހުގެ ޖަލްސާގައި އޭނާގެ ފަރާތުން އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވާ ނަމަ، އެކަމާ ހިތާމަ ކުރައްވާ ކަމަށާއި އެކަމަށް ވެސް މާފަށް އެދިވަޑައިގަންނަވާ ކަމުގައި އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން އީސަ ވިދާޅުވީ ޓުވިޓާގައި އިންނަ ކުޑަކުޑަ ވީޑިއޯކޮޅަކުން ނުވަތަ ފޮޓޯއަކުން މުޅި މަންޒަރު ހިނގައިދިޔަ ގޮތެއް ނޭނގޭނެކަމަށެވެ.