English Edition
Dhivehi Edition

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައަކާއި ގުޅިގެން ބިދޭސީ އަކު ހޯދަން ފަށައިފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހޯދަމުން ދަނީ އިންޑިއާގެ ރައްޔިތެއްކަމުގައިވާ ސައި ތެޖާ މެދަރަމެޓްލާއެވެ.

ފުލުހުން ބުނީ އޭނާ ހޯދުމަށް އިއުލާންކޮށްފައިވަނީ، ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ފުލުހުން ވަނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން3 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00އަށް ހާޒިރުވުމަށް އަންގާފައެވެ.