English Edition
Dhivehi Edition

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިންގިރޭސިވިލާތުގެ ތެޔޮބޯޓަކަށް ހަމަލާދީފިއެވެ.

ހޫތީންނާއި ހަވަލާދީ ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ ގަލްފް އޮފް އޭޑެން އިން ދަތުރުކުރަމުން ދިއަ އިނގިރޭސިވިލާތުގެ ތެޔޮ އުފުލާ ބޯޓަކަށް މިސައިލް ހަމަލާތަކެއް ދީފައިވާކަމަށެވެ. އަދި ހޫތީންވެސް މިކަން ކަށަވަރުކޮށްދީފައި ވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ހޫތީން ހަމަލާދީފައިވަނީ އިނގިރޭސިވިލާތުގެ މާލިން ލުއަންޑާ ނަކަމަށް ކިޔާ ބޯޓަކަކަށް ކަމަށާއި މި ހަމަލާ ބޯޓަށް އަމާޒުވެ، ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަދަމުން ދާކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ބޯޓުގައި ހަރަކާތްރިވާ ބޯޓުގެ ފަޅުވެރިންވެސް އެހީއަށް އެދެމުންދާ ކަމަށާއި ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ނިއްވާ ނުލެވޭކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ހޫތީން އިނގިރޭސިވިލާތުގެ ބޯޓުތަކަށް ހަމަލާދޭން ފަށާފައި މިވަނީ އެމެރިކާއާއި އިނގިރޭސީން އެކުވެ، ޔަމަނަށް ބޮމުގެ ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ. ހޫތީން ބުނެފައިވަނީ އެސަރަހައްދުން ދަތުރުކުރާ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އިތުރުން އިސްރާއީލުގެ ބޯޓުތަކަށް ވެސް ހަމަލާތައް ދިނުން ހުއްޓާނުލާ ކުރިއަށް ގެންދާނޭކަމަށެވެ.