English Edition
Dhivehi Edition

ޔަމަނުގެ ހޫޘީންނަކީ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ލުބުނާނުގެ ހިޒްބުﷲ އަށް ވުރެ އެތައް ގުނައެއް ނުރައްކާތެރިކަން ބޮޑު ބައެއް ކަމަށް އިޓަކީގެ ދިފާއީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވެއްޖެއެވެ.

އިޓަލީގެ ދިފާއީ ވަޒީރު ވިދާޅުވީ ހަމާސް އަދި ހިޒްބުﷲ އަށް ވުރެ ވެސް ހޫޘީންނަކީ އަސްކަރީ ގޮތުންވެސް އަދި އެހެނިހެން ގޮތްގޮތުން އެތައް ގުނައެއް ނުރައްކާތެރި އަދި ބާރުގަދަ ބައެއް ކަމަށާއި އެމެރިކާ އަދި އިސްރާއީލަށް ވެސް ހޫޘީން ބަލިކުރުމަކީ ނުވާނޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހޫޘީންނަކީ ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކުންވެސް ވަރަށް ސަމާލުވާން ޖެހޭ ބައެއް ކަމަށާއި އެމީހުންނާއި ކުރިމަތިލާން ޖެހޭނީ ބާރުތައް ހިސާބުކޮށްގެންކަމަށެވެ.

އިޓަލީގެ ދިފާއީ ވަޒީރު ވިދާޅުވީ ހަމާސް އާއި ހިޒްބުالله އަށް ވުރެ ހޫޘީންގެ ހަރަކާތަކަކީ ނުރައްކާތެރި ހަރަކާތްތަކަށް ވުމުގެ އަސްލަކީ އެމީހުން އަމިއްލައަށް ހަތިޔާރު އުފައްދުން ކަމަށެވެ. އަދި އެއީ ދުނިޔޭގައި މިވަގުތު ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުދީ އިސްވެ އޮވެ އެމެރިކާ އާއި އިނިގެރޭސި ވިލާތުން 24،000 އަށް ވުރެ ގިނަ ވައިގެ ހަމަލާތައް ދިނުމުން ވެސް ހޫޘީން ބަލިކަށިވެފައެއް ނުވާއިރު، އެމީހުން ދަނީ މެދު ނުކެނޑި ރަތްކަނޑުގެ ސަރަހައްދަުތަކުން ދަތުރުކުރާ އެމެރިކާ އަދި އިސްރާއީލުގެ ބޯޓުކަށް ހަމަލާތައް ދެމުންނެވެ.