ޣައްޒާގައި އިމާރާތެއް ގޮއްވާލައި އެ އިމާރާތުގެ އެތެރޭގައި ތިބި 30 ސިފައިން މަރާލައި އެތައް ސިފައިންނެއް ޒަޚަމްކޮށްލައިފިއެވެ.
ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް މުޖާހިދުން އާންމުކުރި އެންމެ ފަހުގެ މައުލާމާތުތަކުގައި ބުނެފައިވަނީ ޔަހޫދީންގެ 30 ސިފައިން ވަދެ ތިބި އިމާރާތެއް ގޮއްވާލާފައިވާކަމަށެވެ. އަދި އެ އިމާރާތުގެ އެތެރޭގައި ތިބި 30 ސިފައިން މަރުވެ އެތައް ސިފައިންނެއް ޒަޚަމްކޮށްލާފައިވާ ކަމަށެވެ.
ހަމާސް އިން ބުނެފައިވަނީ ޔަހޫދީންގެ 30 ސިފައިންނާއި އެކު ގޮއްވާލީ ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދެއް ކަމުގައިވާ ބަނީ ސުހެއިލާގައި ހުރި އިމާރާތެއް ކަމަށެވެ. އަދި އެ އމިއާރާތައް ހަމަލާ ދިނީ އަލް ޔާސީން 105 ގެ ޝެލްތަކުން ކަމަށް ވެސް ހަމާސް އިން ބުނެއެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންގެ ގިނަ އުޅަނދުތަކަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާކަމަށް ވެސް ހަމާސްއިން ވަނީ ބުނެފައެވެ.